ޚަބަރުސިޔާސީ

ކިނބިދޫ ދާއިރާއިން އަލަށް ޕީއެންސީއާ ގުޅުނު 500 އަށްވުރެ ގިނަ މެމްބަރުންގެ ފޯމާއެކު އަސްލަމްގެ ކެންޑިޑޭސީ ފޯމް ހުށަހަޅައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ކިނިބިދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އަސްލަމް(ކަސްޓަމާ) ގެ ކެންޑިޑޭޓް ފޯމު، ޕީއެންސީއަށް އިއްޔެ ހުށަހަޅުއްވައިފިއެވެ.

ފާއިތުވި ކުރުމުއްދަތުގެ ތެރޭގައި ދާއިރާގެ ރަށްތަކުން ގިނަބަޔަކު ތާއީދު ކުރަން ފެށި، އަސްލަމަކީ ދާއިރާގެ ތަރަށްގީއަށް ހެޔޮ ބަދަލެއް ގެނެސްދެވޭނެ ގާބިލު ލީޑަރެއްގެ ގޮތުގައި އޭނާ ދަންނަ މީހުން ގަބޫލުކުރެއެވެ.

ކަސްޓަމާ އާއި އެކު ޕީއެންސީއަށް އަލަށް ގުޅުނު މެންބަރަކު ބުނިގޮތުގައި ކަސްޓަމާގެ ސަބަބުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ވޯޓު އިތުރުކުރުމަށް ބޮޑުތަނުން ފަސޭހަވެގެން ދިޔައެވެ. އަދި ދާއިރާގެ ރައްޔިތުންނާއެކު މަސައްކަތް ކުރުމުގެ ސަބަބުން އެދާއިރާއެދު ކަސްޓަމާ ގެންގުޅޭ ތަސައްވުރެއް އޮތްކަން ހާމަވެގެން ދިޔަ ކަމެއް ކަމުގައެވެ.

ކަސްޓަމާގެ އެންމެ ބޮޑު އަމާޒަކީ ކިނބިދޫ ދާއިރާގެ ރައްޔިތުން މާލީ ގޮތުން ބާރުވެރިކޮށް ތަރައްގީގެ ދުވެލީގައި ދާއިރާ އުހަށް ނަގައިދިނުމަށް ގާނޫނު ހަދާ ބާރުގެ ތެރެއިން ބާރުއެޅުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button