ޚަބަރުދަ ޑިމޮކްރެޓްސްސިޔާސީ

ޑިމޮކްރެޓްސް އިންތިހާބުގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލް!

ޑިސެންބަރު 2ވަނަ ދުވަހު ބޭއްވި ’ދި ޑިމޮކްރެޓްސް‘ ޕާޓީގެ ފުރަތަމަ އިންތިހާބުގައި ބައެއް ވޯޓު ފޮށިތަކުގައި ވޯޓު އިތުރުވެފައި ވާތީ އެ ވޯޓު ފޮށިތަކުގެ ނަތީޖާ ބާތިލު ކޮށްފިއެވެ.

އެ ޕާޓީގެ ފުރަތަމަ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކޮށްފައިވާއިރު، ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ބާތިލް ކުރުމަށް ނިންމާފައިވަނީ ޕާޓީގެ ޔަންގް ޑިމޮކްރެޓްސް ލީޑަރާއި ޑެޕިއުޓީ ލީޑަރު ހޮވުމަށް ބައެއް ދާއިރާތަކުގައި ނެގި ވޯޓުގެ ނަތީޖާ ކަމަށެވެ.

ބާތިލް ކޮށްފައިވާ 13 ރަށުގެ ވޯޓުފޮށި:

1. ބ. ދަރަވަންދޫ

2. ބ. ކުޑަރިކިލު

3. ބ. ގޮއިދޫ

4. ބ. ފެހެންދޫ

5. ށ. މާއެނބޫދޫ

6. ނ. މާފަރު

7. ތ. ކިނބިދޫ

8. ނ. މިލަދޫ

9. ހދ. ނޮޅިވަރަމް

10. ހދ. ނޭކުރެންދޫ

11. ގދ. ގައްދޫ

12. ހއ. ހޯރަފުށި

13. ރ. އަލިފުށި

އާޒިމް ވިދާޅުވި ގޮތުގައި ބާތިލް ކުރި ފޮށިތަކުގެ ވޯޓު އަލުން ލުމަށް ވަނީ ނިންމާފައެވެ. އަދި އެކަން އެހެން ދިމާވީ އިންތިހާބު އިންތިޒާމް ކުރުމުގައި ހެދުނު ގޯހަކުން ކަމަށެވެ. ނަމަވެސް އެ ފޮށިތަކުގެ ވޯޓުލުން އަލުން ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.

ޕާޓީގެ ރައީސް ހޮވުމަށް ވޯޓު ލާފައިވަނީ ޖުމްލަ 3029 މެންބަރުންނެވެ. އެ މަގާމަށް ކުރިމަތިލެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް 1704 ވޯޓު އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއަށް 1،300 ވޯޓު ލިބިވަޑައިގަތެވެ.

އެ ޕާޓީގެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ލަސްވެ ޕާޓީގެ ބައެެއް މެންބަރުން ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ އިންސާފުވެރި އަދި ޑިމޮކްރެޓިކް އިންތިހާބަކަށް ވަނީ ނަތީޖާ އަވަހަަށް އިއުލާންކޮށްގެން ނޫން ކަމަށާއި އެކަން ކުރެވޭނީ މައްސަލަހަތައް ބަލައި، ނަތީޖާ އިއުލާން ކުރުމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button