ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގެ ދައުވާ ފުލުހުންނަށް

އަބްދުﷲ ރަޝީދު، ގދ. ހޯނޑެއްދޫ ވަނީ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ހުއްޓާ ނިޔާވެފައެވެ.

މި މައްސަލާގައި ފުލުހުންނަށް ދައުވާކުރަން ނެޝަނަލް އިންްޓަގްރިޓީ ކޮމިޝަނުން (އެންއައިސީ)ވަނީ ނިންމާފައެވެ.

އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ  ޑްރަގް ޓްރެފިކިންގެ ތުހުމަތެއްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ. އާއިލާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން ފަރުވާއަށް އެދުމުން ވެސް ފަރުވާ ނުދީ ލަސްކުރުމުންނެވެ.

މި ތުހުމަތާއެކު އެންއައިސީން ކުރި ތަހުގީގުގައި ފުލުހުންނަށް ކޮށްފައިވަނީ ފަރުވާކުޑަ ކުރުމުގެ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތު ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާން ނަގާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ނަމަވެސް ތުހުމަތު ކޮށްފައިވަނީ ކިތައް ފުލުހުންނަށް ކަމެއް ނޭނގެއެވެ.

ރަޝީދު ހައްޔަރުކުރި އިރު އިތުރު ދެ މީހަކު ވެސް ފުލުހުން އެ އޮޕަރޭޝަންގައި ހައްޔަރުކުރިއެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ ހޯނޑެއްދޫ އާއި ކައިރި ފަޅުރަށްތަކުގައި ވަޅުލާފައި ހުއްޓާ 82 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button