ޚަބަރުސިޔާސީ

ޑރ. މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމުން ދިވެހީންނަށް ހިތްހަމަޖެހުމުގެ އިހުސާސް ކުރެވެން ފަށައިފި: މިނިސްޓަރ ޝިޔާމް

ޑރ. މުޙައްމަދު މުއިއްޒުދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ ކަމުގެ ހުވާކުރެއްވުމުން ދިވެހީންނަށް ހިތްހަމަޖެހުމުގެ އިހުސާސް ކުރެވެން ފަށައިފިކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ މަޤާމަށް އައްޔަން ކުރެވުނު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު އެކްސްއަށް ކުރި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، ޤައުމާ ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. މުއިއްޒުއަކީ ޤައުމުދެކެ ލޯބިފުޅުވާ ބޭފުޅެއް ކަމަށެވެ. އޭގެ އެއް ހެއްކަކީ އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިޔާތުގައި ދެއްކެވި ވާހަކަފުޅުތަކަކީ ޖޯޝުން ފުރިގެންވާ ވާހަކަފުޅުތަކެއް ކަމުގައިވުންކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޝިޔާމް ވިދާޅުވީ، މި ދައުރުގައި ކުރަން ނިންމަވާފައިހުރި އެތައް ކަމެއް ވާކަމަށެވެ. ޝިޔާމް ވަނީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމެއްގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުގެ ނިންމުންތަކާއި ޢަމަލުތަކުގެ ދެފުށް ފެނިގެންދާނެކަމާއި، ސަރުކާރުގެ ކަންކަން ވަންހަނާކުރެވިގެން ނުދާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

One Comment

  1. މަނިކުފާނު ތިޔަ ވިދާޅުވީ ވަރައް ބޮޑު ތެދުފުޅެއްކަންޔަގީން އަވަހަށް މަނިކުފާނުގެ ދާއިރާ ނަގާ ކޮޅަށް ޖަސްސަވާދެއްވަވާ މަސްވެރިންނަށް އެބުނާ ހަމަ އަގު މަސްވެރިން ބޭނުމެއްނުވި އެބުނާ ހަމަ އަގު ފިސާރިރަނގަޅައް ދީނިންމާލާފި ހަދޯނި އައްދޯނި މަހައް ފުރި ރައްރަށުގާ މިއަދު ދޭއް ނުވަތަ ތިނެއް ވެސް ހަމަނުވޭ މިއީ މިއަދުގެ ހަގީގަތަކީ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button