ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިހިނދުން މިހިނދަށް ނިމިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ކަމުގެ މަގާމު ހުވާ ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވަނީ ބާރުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް, އޭގެ މާނައަކީ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް ހިޔާނާތްތެރިވުން ފަދަ ކުށްތައް ކުރާ ފަރާތްތަކާއި މެދު ސަރުކާރުން ލޯ މަރާލުން ނޫންކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެހެންގައުމުތަކުން ރާއްޖޭގެ މިނިވަންކަމަށް އަރައިގަތުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ހަމައެއާއެކު އެހެން ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަ އަށް އިހުތިރާމް ކުރާނެ ކަމަށާއި ދިވެހި ދައުލަތުގެ ރަތް ރޮނގަށް ވެސް އެ ހައްގު އޮންނަން ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން ދިވެހި ދަރިން ދަނީ މި ފަސްގަނޑު މިނިވަންކަންމަތީ ބޭއްވުމަށް ޒަމާނުއްސުރެ މަސައްކަތް ކުރަމުންކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައްޔިތުންގެ އެ ނިންމުމަށް އަބަދުވެސް އިހުތިރާމް ކުރައްވާނެ ކަމަށާއި ރާއްޖެ އަކީ ބޭރުގެ އެހެން ގައުމެއްގެ ސިފައިން ނެތް ރާއްޖެ އަކަށް ހައްދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.