ޚަބަރުސިޔާސީ

ދިވެހި ޤައުމު ކުރިއެރުވުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަންޖެހޭ: ޑރ. މުއިއްޒު

ދިވެހި ޤައުމު ކުރިއެރުވުމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށް އިންތިހާބީ  ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ޕީޕީއެމްއިން މީސްމީޑިއާގައި އާންމުކުރި އިންތިޚާބީ ރައީސްގެ ކުރު މެސެޖުގައި އެމަނިކުފާނުވަނީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތަކާއި މުބާރަކުބާދީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާފައެވެ.އެއާއެކު ޑރ.މުޢިއްޒު ވިދާޅުވީ ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން އެކީގައި މަސައްކަތްކުރެވިގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ދިވެހިރާއްޖެއަށް ހަމަޖެހުން ބޭނުންވާކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ ޤައުމުގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑަކަށްވާންޖެހޭ ކަމަށެވެ. އަދި އެގޮތުން ހުރިހާ އެންމެންވެސް ކުރިއަށްދިއުމަށް އިލްތިމާސްކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button