ޚަބަރުސިޔާސީ

މައްޗަންގޮޅި ދެކުނު ދާއިރާގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ޒައިން ވާދަކުރަނީ!

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިހުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މއ. ގުލްޝަންކިނާރާ އާގެ، އަބްދުﷲ ޒައިން ލަތީފް ވާދަކުރުމަށް ނިންމައިފިއެވެ.

ޒައިން އަކީ މައްޗަންގޮޅި ދެކުނު ދާއިރާއަށް އުފަން ދާއިރާގައި ދިރިއުޅޭ، އިލްމީ އަދި މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ހުރި ޒުވާނެކެވެ. މިގޮތުން ސަރުކާރުގައާއި، މާލީ އެކި އެކި މުއައްސަސާތަކުގައާއި، ޕްރައިވެޓް ސެކްޓަރ ގައި ޒައިންވަނީ މަސައްކަތް ކުރައްވާފައެވެ.

ޒައިން ތައުލީމު ހާސިލްކޮށްފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ސްޓްރެޓަޖިކް ޕްލޭނިންގ ގެ ދާއިރާއިންނެވެ. އަދި މަޖިލސް އިންތިހާބަށް ވާދަކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ޒައިން ފާހަގކޮށްފައިވަނީ ދާއިރާ ތަމްސީލުކުރުމަށްޓަކައި ދާއިރާއަށް އުފަން، ދާއިރާގެ އިހުސާސްތައް އެނގޭ މީހެއް މަޖިލީހަށް އިންތިހާބުކުރުމުގެ މުހިންމުކަމުން ކަމުގައެވެ. އަދި މި ދާއިރާގެ ފަރުދުންގެ މެދުގައި ގުޅުންބަދަހިކޮށް، އެކަކު އަނެކަކަށް އަޅާލާ އެކުވެރި، އުފާވެރި ރައްޔިތުންތަކެއް ދިރިއުޅޭ މާހައުލެއް ގާއިމްކުރުމަށް މަސައްކަތްކުރުން ވެސް ހިމެނެއެވެ. މިގޮތުން ޒައިންއަށް ލިބިފައިވާ ތައުލީމާއި ތަޖުރިބާގެ އަލީގައި މައްޗަންގޮޅި ދެކުނުދާއިރާއަށް ހިދުމަތްކުރުމާއި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ތަންފީޒުކުރުމަށްޓަކައި، ދާއިރާގެ ތަރައްގީއަށް ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް، އެދެވޭ ހެޔޮ ބަދަލެއް ގެނެސްދެވޭނެކަމުގެ ޔަގީންކަން އޮތްކަންވެސް ޒައިން ފާހަގައުރައްވައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ޒައިން ވަނީ ހާއްސަކޮށް މައްޗަންގޮޅީގައި ގިނަ މަސައްކަތްތަކެއް ޑރ.މުއިއްޒު އަށާއި އެމަނިކުފާނުގެ ޕާޓީއަށް ކޮށްދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button