ޚަބަރު

ފިރިހެނެއްގެ ކަރަށް ވަޅި ޖެހީ ސަމާ ގާސިމް ކަމަށް ގިނަބަޔަކު ބުނަން ފަށައިފި

މިފަހުން އަންހެނަކާއި ފިރިހެނަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާދިނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިފުޅު މަރްޔަމް ސަމާ ގާސިމު ކަމަށް ގިނަބަޔަކު ސޯޝަލް މީޑިއާގައި ބުނަންފަށާފިއެވެ.

މި މައްސަލަ ފެންމަތިވީ 29 އޮގަސްޓު 2022 ގެ މެންދަމުގެ ވަގުތެއްގައި ދެމަފިރިން ދެމެދުގައި ހިންގި މާރާމާރީއެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިޖަހާން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދާކަށް ނޫސްތަކުގައި ރިޕޯޓް ކުރި ހިސާބުންނެވެ.

މި ކަމާ ގުޅިގެން މީހަކު ކޮށްފައިވާ ޓުވީޓް އެއްގައި ވަނީ “އަހަރެން ހީނުކުރަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދުވަހަކުވެސް ޤާސިމް ދަށުވެ ވަޅި ޖެހުން ކަހަލަ ކަންކަމުގަ މަތި އަޅަން އުޅެދާނެ ކަމަކަށް. އެކްސް ހަސްބަންޑް ހުޝާމް ކަރަށް ވަޅި ޖެހީ މަރިޔަމް ސަމާ ޤާސިމް. ކޮބާ ފިރިހެނުންގެ ރައިޓްސް ނެތީތަ.“ ފުލުހުންނަށް ޓެގްކުރައްވައި ޕީޕީއެމްގެ ސެނެޓަރ ޒާހިދު ރަމީޒު ބުނެފައިވެއެވެ.

ފުލުހުން މާރާމާރީގައި މީގެ ކުރިން އަމަލު ކުރާގޮތާ މިކަމުގައި އަމަލުކުރާ ގޮތުން އާންމުން އަންނަނީ ފުލުހުން މިކަން ފޮރުވަން އުޅޭކަމުގެ ތުހުމަތުގެ އިނގިލި އަމާޒު ކުރަމުންނެވެ. އަދި އޭޑީކޭ ހޮސްޕިޓަލް އިން މިކަމުގައި އަމަލު ކޮށްފައި ވާގޮތުން ސުވާލު އުފެދޭ ކަންކަން ހުރިކަމަށް އާންމުން އަންނަނީ ބުނަމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ ދަންވަރު ފިރިހެނެއްގެ ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިކަމުގައެވެ. އަދި އެމީހާ އެރޭ ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް އޭޑީކޭން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ފިރިހެނަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު އާދިއްތަ ދުވަހުގެރޭ ދަންވަރު ވަގުތެއްގައި ލިބިފައިވާ ކަމަށާ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސަމާ ގާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އޭނާވެސް މިވީހާތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button