ޚަބަރުސިޔާސީ

ޢަރަބި ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވޭ: ޑރ. މުއިއްޒު

އިސްލާމީ ޢަރަބި ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ދިވާޅުވެއްޖެ އެވެ.

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެމަނިކުފާނު އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި، އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒުވަނީ އަންނަ ވެރިކަމުގައި ދެ ޤައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި އައު ހަރުފަތަކަށް ގެންދަވަން އުންމީދުކުރައްވާކަމަށް ސަފީރު އަރިހުގައި ވިދާޅުވެފައެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އިސްލާމި ޤައުމެއްކަމަށްވުމާއެކު، އެމަނިކުފާނުގެ ވެރިކަމުގައި ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރައްވައި ހަރުުދަނާކުރައްވަން ބޭނުންފުޅުވާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button