
މާލޭގައި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދޭން މަސައްކަތް ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް ފާސްކޮށްފައި އޮތް މާއްދާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އުވާލައި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމެއްގައި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް އޮންނާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ގާނޫނުގައިވާގޮތުން އެއްވެ އުޅެވެނީ ވަރަށް ހަނި ފުރުސަތަކުން ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ގްރީން ޒޯނާއި މިސްކިތް ފަދަ ތަންތަން ފިޔަވައި ކޮންމެ ތަނަކަށް ވެސް އެއްވެ އުޅެވޭ ގޮތް މަޖިލީސް މެދުވެރިކޮށް ހައްދަވައިދެއްވާނެކަމަށެވެ.