ހޯމް މިނިސްޓަރު އިމްރާން އަބްދުުﷲ ތުރުކީއަށް ވަޑައިގަންނަވައިިފިއެވެ.
މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މިކަމާ ގުޅިގެން އަދާލަތު ޕާޓީން ބުނީ، މިނިސްޓަރު އިމްރާން ތުރުކީއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ވެރިކަންކުރާ ޕާޓީ އޭކޭ ޕާޓީގެ ދައުވަތަކަށް ކަމަށެވެ. ތުރުކީން ލިބުނު ދައުވަތަށް އެ ގައުމަށް ރޭ ވަޑައިގެންފައިވަނީ އެ ޕާޓިގެ ރައީސް އިމްރާނާއި އެޕާޓީގެ ނައިބު ރައީސް ފިނޭންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަރީފު ކަމަށް އެޕާޓިން ވަނީ ބުނެފައެވެ.
މިނިސްޓަރު އިމްރާން ރާއްޖެ ދޫކުރައްވާ ރޭ ފުރާވަޑައިގެންފައިވާ އިރު، މިނިސްޓަރު އިމްރާން ރާއްޖެ ދޫކޮށް ދިޔުމަށް ނިންމަވައިފާވާކަމަށް މީގެ ކުރިން ވަނީ އަޑުތައް ފެތުރިފައެވެ.