
އއ. ރަސްދޫގެ ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުރިހާ އާންމު މެންބަރުން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސް އަށް ނިސްބަތްވާ ހުރިހާ އާންމު މެންބަރުންގެ ތާޢީދު ޑރ. މުއިއްޒަށް އޮތްކަން ހާމަކުރުމަށް ”ބަދަލަކަށް“ ނަމުގައި އެރަށުގައި ސައިކަލު ބުރެއް ވެސް ވަނީ ބާއްވާފަ އެވެ.
ރަސްދޫގެ އިތުރުން ލ. ހިތަދޫ އަށް ނިސްބަތްވާ ޑިމޮކްރެޓްސްގެ ހުރިހާ މެންބަރުންނާއި، ގއ. ކޮލަމާފުށީގެ ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެންބަރުން ވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ތާއީދުކުރަން ވަނީ ނިންމާފަ އެވެ.