ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ހިސާބަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ގެންދާނަން – މުއިއްޒު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުރި ހިސާބަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ގެންދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ދިވެހީންގެ އިޤްތިސާދު މެނިފެސްޓޯ އާންމު ކުރަމުން މުއިއްޒު ވިދާޅުވީ 2026 އާ ހަމަޔަށްދާއިރަށް ރާއްޖޭގެ ދަރަނި އަދާކޮށް ނިމޭނެ ގޮތް ހޯދާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ހުރި ހިސާބަށް ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ވަރަށް ދަށްކޮށް އޮތީ، އެ ކްރެޑިޓް ރޭޓިންގ 2016 ގައި ހުރި ހިސާބަށް ގެންދަން އަނބުރާ.“ މުއިއްޒު ވިދާޅުވިއެވެ.

ދަރަނި އަދާކުރުމަށްޓަކައި ކްރެޑިޓް ރޭޓް މަތިކޮށް އިންވެސްޓަރ ކޮންފިޑެންސް އަނބުރާ ގެނެސް ލޯންތައް ރީ ފައިނޭންސް ކުރާނެ ކަމަށާއި އޭރުން ލޯންތައް އަދާކުރުމުގައި މާބޮޑު އުނދަގުލެއް ނާންނާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

”މި ސަރުކާރުގެ ވޭތުވެ ދިޔަ ފަސް އަހަރު ނިމޭއިރު ބަޖެޓް ޑެޕޮސިޓް މިހިރީ 15 އިންސައްތައިގައި. އަޅުގަނޑުމެންގެ މި އިޤްތިސާދީ މަސައްކަތް ކުރިޔަށް ގެންގޮސް ނިންމާއިރު އިރާދަކުރެއްވިއްޔާ އެވްރެޖްކޮށް އަޅުގަނޑުމެންގެ ބަޖެޓް އެފްސީޑީ ސިންގަލް ޑިޖިޓަށް ކުޑަކުރާނަން.“ މުއިއްޒު ވިދާޅުވިއެވެ.

އެކްސްޗޭންޖު ރޭޓު މިހާރު ވަނީ މައްޗަށް ގޮސްފައި ކަމަށާއި އެ ރޭޓުވެސް ތިރިކޮށް އެއް ހަމައެއްގައި ހިފަހައްޓައިދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ރިޒާވް އިތުރުކޮށް ކުރިއަށްވުރެ މައްޗަށް ގެންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދާފައިވާ އެސްޑީއެފް ފަންޑުގައި ހުރި ޑޮލަރުތައް މިސަރުކާރުން ނެގުމަށްފަހު ޑޮލަރުގެ ބަދަލު ރުފިޔާ ޖަމާކުރަން ފެށިކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ފަންޑަށް ޖަމާކުރާ ރުފިޔާވެސް ސަރުކާރުގެ ބޭނުމަށް ނަގަމުންދާ ކަމަށެވެ.

އެސްޑީއެފް ފަންޑަކީ އެކި ސިނާއަތްތަކުން ރާއްޖެއަށް ޑޮލަރު ވަންނަ ފަންޑެއް ކަމަށާއި ސަރުކާރުން އޭގެ ފައިދާ ނަހަމަ ގޮތުގައި ނަގަމުންދާކަން މުއިއްޒު ވިދާޅުވިއެވެ. އަދި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އެފަންޑަށް ޑޮލަރު ލިބޭނެ އިތުރު ގޮތްތައް ކަނޑައަޅައިގެން ގިނަ އަދަދެއްގެ އާމްދަނީ ލިބޭ ފަންޑަކަށް ހަދާނެ ކަމަށެވެ.

”އެސްޑީއެފަކީ މަހުންމަހަށް ގިނަ އަދަދެއްގެ އާމްދަނީ ޖަމާވާ ފަންޑަކަށް ހަދާނަމޭ.“ މުއިއްޒު ވިދާޅުވިއެވެ.

ޖުމްލަ 146 ބިލިޔަން ރުފިޔާއަށް ޤައުމު ދަރާފައިވާ ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި 32 ބިލިޔަން އަރާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ 5 ދައުރު ނިމިގެންދާއިރު އަށް ބިލިޔަން ރުފިޔާ ފައިސާ ޗާޕޮކޮށްފައިވާ ކަމަށާއި އޭގެ ކުރިން 40 އަހަރު ތެރޭ ޗާޕު ކުރެވުނީ އެންމެ ހަ ބިލިޔަން ރުފިޔާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button