
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ނިންމާލުމަށް މާލޭގައި މިއަދު ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
މި ހިނގާލުން ފެށޭނީ މިއަދު ހަވީރު 1545 ގައި އާޓިފިޝަލް ބީޗުންނެވެ.
މި ހަރަކާތުގައި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރާ ހުރިހާ ރައްޔިތުންނާއި، އެމަނިކުފާނު މިނިވަންކުރުމަށް ވޭތުވެދިޔަ 5 އަހަރު އަޑު އުފުލި ބޭފުޅުންނާއި އާންމުން ބައިވެރިވެދިނުމަކީ މުއިއްޒުގެ އިތުރުން ޕީޕީއެމްޕީއެންސީ ލީޑާޝިޕުގެ ވަރަށް ބޮޑު އެދުމެކެވެ.