މޫނުބުރުގާ އަށް އިބްރާހިމްގެ ސަރުކާރުން ކުރާ ފުރައްސާރައާއި ދެކޮޅަށް އިޙްތިޖާޖްކޮށްފި

ރައީސް އިބްރާހިމްގެ ސަރުކާރުން މޫނުބުރުގާ އެޅި އަންހެނުންނަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގުޅިގެން އެ ފަރާތްތަކުގެ ޙައްޤުގައި މިއަދު އިޙްތިޖާޖެއް ކޮށްފިއެވެ.
މޫނުބުރުގާ އަޅާ ކަނބަލުންގެ ދިފާޢުގައި ކުރިއަށްދިޔަ އިޙްތިޖާޖް ބާއްވާފައިވަނީ ޓީޗަރުންނަށް މޫނު އަޅައިގެން ކިޔަވައިދިނުން މަނާ ކުރާތީ އާއި ވަޒީފާގެ ފުރުޞަތުތަކުން އެ ކަނބަލުން މަޙުރޫމް ކުރަމުންދާތީއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އާ އުސޫލު އާންމުކޮށްފައިވާއިރު، އެ އުސޫލުގައިވަނީ މޫނުބުރުގާ އެޅުން މަނާކޮށް ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ހިމަނާފައެވެ.
މޫނު ބުރުގާއެޅި ކަނބަލުންގެ ދިފާއުގައި ކުރިއަށްދިޔަ އިޙްތިޖާޖް ބާއްވާފައިވަނީ މިއަދު ހަވީރު 4:15 ގައި އަލިމަސް ކާނިވާ ސަރަޙައްދުގައެވެ.
އެ އިޙްތިޖާޖްގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތަޢުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.
ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އަދި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި ވެސް ހުންނަން ވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މިއަދު ކުރިއަށްދިޔަ އިޙްތިޖާޖާއި ގުޅޭގޮތުން ބައިވެރިން ބުނީ މިއީ އަދި ފެށުމެއްކަމަށާއި، ސަރުކާރުން މިކަމަށް ހައްލެއް ހޯދައި ނުދެއްވައިފިނަމަ ކުރިއަށްއޮތް ތަނުގައިވެސް އެކި ހަރުފަތްތަކަށް ބަހާލައިގެން އިޙްތިޖާޖް ކުރިއަށް ގެންދާނެކަމަށެވެ.
ސުލްހަވެރިކަމާއިއެކު ކުރިއަށް ގެންދިޔަ އިޙްތިޖާޖް ނިންމާލާފައިވަނީ މިއަދު ހަވީރު 17:30 ގައެވެ.
މޫނުބުރުގާއެޅި ކަނބަލުންގެ އިޙްތިޖާޖް ޗެނަލް-13 އިން ވަނީ ލައިވްކޮށް ގެނެސްދީފައެވެ.
Aslugaves kiyavsidhey teacharskah engeynee eye contact dhimaakuran undhangoo veemaa ugannsi dhinimuga huri dhathithsh. Mee dheenaj furassaara luraneekee noon
Moonu burugaa elhumakee terrorism ah magu fahi kuruvaa hahdhu fahana alhaafaivaa kameh. Moonu burugaa alhaigen evves school akah nuvatha ofeehakah vanumuge huhdha dheykah nufeney. Ehen enmenge faraathun iyaazu moonu burugaa elheema rangalhuvaane.
Kaley raahje in fessey