ޚަބަރުސިޔާސީ

އަޅުގަނޑު ކުރިން އެމްޑީޕީއާ މައްސަލަޖެހުނީ ޔޫރިން މައްސަލައިގަ ވަކިގޮތެއްހެދީމަ: ޖާބިރު

އެމްޑީޕީއާއި ކުރިން މައްސަލަ ޖެހުނީ ބަނގުރަލުގެ މައްސަލައިގެ ޔޫރިން ނެގުމުގައި އެކި މީހުނަށް އެކިގޮތަށް ޢަމަލު ކުރުމުން ކަމަށް ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރު ހޮނޑައިދޫ ފުއްޓަރުން ކާށިދޫ ދާއިރާގެ މެމްބަރާއި ރައީސް ނަޝީދުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބަނގުރާ ބޮއެގެން މަސްތުގައިތިއްބާ ހައްޔަރުކޮށްގެން ދިޔަ މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ.

ޖާބިރު ކުއްލިގޮތަކަށް އެމްޑީޕީއަށް ތާއިދުކޮށް ރައީސް އިބްރާހިމާއި ގުޅެން ނިންމި ސަބަބާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެމްޑީޕީ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް މީގެ ކުރިން އެމްޑީޕީއާއި މައްސަލަ ޖެހުނީ ބަނގުރާ މައްސަލައިގެ ޔޫރިން ނެގުމުގައި އެކަމުގައި ބައިވެރިވި އެހެން މީހުނާއި ޖާބިރު އާއި ތަފާތު ކުރުމުން ކަމަށެވެ. އަދި ކުރީގެ މަޖިލިސް މެމްބަރު ހާމިދު އަބްދުލް ޣަފޫރުވެސް އެ މައްސަލައިގައި ހިމެނޭ ކަމަށާއި، އެހެންނަމަވެސް ހާމިދުގެ މައްސަލަ ނުބަލާ އޭނާ ގެންގޮސް ޕޮލިސް ބޯޑުގައި ބައިންދާފައި އިންއިރު ޖާބިރު ވާނީ ހުކުމް ތަންފީޒުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button