ޚަބަރު

އިންޑިޔާ އެކަކަށް ގޯތި ދިނީ އޮޅިގެން ކަމަށްބުނެ ގަސްތުގައި 11 ބިދޭސީއަކަށް ގޯތި ދީފި

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މިސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ގޯތި ލިބޭ ލިސްޓުގައި، އިންޑިއާއަށް ނިސްބަތްވާ މީހުނާއި އަވަށްޓެރި ސްރީލަންކާ އަދި ބަންގްލަދޭޝްގެ އެތަށް ރައްޔިތަކު އެ ލިސްޓުގައި ހިމެނޭކަން ހާމަވެއްޖެއެވެ.

އެގޮތުން، ހޮޓެލް އާއި، ކޮންސްޓްރަކްޝަން އާއި, ސްޕާ އާއި، ވިޔަފާރިތަކެއް ހިންގަމުން އަންނަ އިންޑިއާ މީހަކާއި، ދިވެހި ސަރުކާރުން ދިވެހި ޕާސްޕޯޓް ދީފައިވާ އެތައް ބިދޭސީންނަށް ވަނީ ދިވެހިންނަށް ޚާއްސަކުރި ބޯހިޔާވަހިކަން ދީފައެވެ.

ރާއްޖޭގެ ރަށްވެހިންގެ ގޮތުގައި ހުރިނަމަވެސް، އޭގެ ތެރެއިން ބައެއް އިންޑިއާ މީހުންނަކީ ދިވެހިންނާއި ކައިވެނިކޮށްގެން އުޅޭ އިންޑިއާއަށް ނިސްބަތްވާ މީހުންކަން ވަނީ ކަށަވަރުވެފައެވެ.

ހަބީބު ނަމަކަށްކިޔާ އިންޑިޔާ މީހަކަށްވެސް ގޯތި ލިބުނުކަން ހާމަވުމުވުން ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒު ވުމުން ޕްލޭނިންގ މިނިސްޓަރ އަސްލަމް ޑިފެންސަށް ފައިބާ ވިދާޅުވީ އެއީ އޮޅުމެއް ކަމަށެވެ. އަދި ހަބީބުގެ ނަން ލިސްޓުގައި އޮތީ އޮޅުމަކުން ކަމަށާ، ދާއިމީ ލިސްޓު އާންމު ކުރާއިރު އެކަންކަން އިސްލާހު ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއާއިއެކު ގޯތި ލިސްޓު އެކުލަވާލުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިމެނޭނެ ކަމުގެ ޔަޤީންކަން ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ދެއްވި ނަމަވެސް، ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަމުގެ ލިސްޓަށް ބަލާއިރު މި ލިސްޓަކީ މިސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ އަވަށްޓެރި އިންޑިއާއަށް ވެސް ޚާއްސަ ވެގެންދާ ލިސްޓެއް ގޮތުގައި ބެލެވެން އެބައޮތެވެ.

މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދިވެހި ސަރުކާރުން ދިވެހިންނަށް ޚާއްސަ ބޯހިޔާވަހިކަން ބިދޭސީންނަށް ދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިކަމާއިގުޅިގެން އެތައް ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބިދޭސީންނަށް ގޯތި ދިން މައްސަލައާއި ގުޅިގެން އިދިކޮޅު ޕީޕީއެމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button