ކޮތަޅު ފީއިން 1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދަޢުލަތުން ހޯދައިފި

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ޕްލާސްޓިކް ކޮތަޅުން ނަގަން ފެށި ފީއިން 1 މިލިއަން ރުފިޔާގެ އާމްދަނީއެއް ދިވެހި ދަޢުލަތުން ހޯދައިފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މެއި މަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ކޮތަޅުން ނެގި ފީ އިން 1.17 މިލިއަން ރުފިޔާ ވަނީ ދަޢުލަތަށް ލިބިފައެވެ.
ވިޔަފާރީގެ ގޮތުގައި ފޯރުކޮށްދޭ ނުވަތަ ވިއްކާ, ކޮންމެ ޕްލާސްޓިކް ކޮތަޅަކުން އަގު ނަގަން ޖެހޭގޮތަށް ކުނި މެނޭޖުކުރުމާ ބެހޭ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަންފެށިއެވެ.
މިގޮތަށް ދިމާވީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި 50 ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ހިމެނި ނަމަވެސް ބިލް މަޖިލީހުން ފާސްކުރިއިރު ފީ ނެގުން އިސްތިސްނާވާ ހާލަތްތަކުގެ ތެރޭގައި ކޮތަޅު ބޮނޑި ގަތުން ހިމަނާފައި ނުވާތީއެވެ.
އެހެންނަމަވެސް ޤާނޫނުގެ އެ މާއްދާ އިސްލާހުކުރުމަށް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
އެގޮތައްރައްޔިތުންގެއަތުން ފައިސާނާގެން. ތިޖޫރީފުރަނި ދައުރުނިމެންވާއިރަށް ހެޔޮނުވާނެ ސޯލިހު ެެރިކަމުގާބަހައްޓަށްްވަޒީފާއަށް ނުވަދެތިބޭމީހުންގެ ޒިއްދަގީގަ ހަކުރުލާފި ހޭވެރިކަންނުވަނިތަ