ޚަބަރުސިޔާސީ

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ލަފާ ދޭ ކައުންސިލަށް 8 ބޭފުޅަކު އަންޔަން ކޮށްފި

ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފަށް ލަފާ ދޭ ކައުންސިލަށް 8 ބޭފުޅަކު އަންޔަން ކޮށްފިއެވެ.

ޑިމޮކްރެޓްސްއިން ކުރި އިއުލާނެއްގައި ޕާޓީގެ ރައީސްގެ ކައުންސިލަށް އަށް މީހަކު އައްޔަނު ކުރިކަން ހާމަކޮށްފައިވާއިރު އެ ކައުންސިލަކީ، އަސާސީ ގަވާއިދުގެ ދަށުން ގައުމުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި ޕާޓީ ރައީސަށް ލަފާ ދިނުމަށް އުފައްދާފައިވާ ކައުންސިލެކެވެ.

ޑިމޮކްރެޓްސް އިން އެކުލަވާލި އެ ކައުންސިލްގައި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހިމެނެއެވެ.

ޝިފާގެ އިތުރުން އެ ކައުންސިލްގައި ހިމެނެނީ:

  •  މުހައްމަދު އިބްރާހީމްދީދީ (މޮޑީ)، މާދަޑު، ވިދުވަރުގެ/ޏ، ފުވައްމުލައް
  •  އަހްމަދު މައުސޫމް، ގ. ޕްލެޒެންޓްވޭވްސް/ މާލެ
  •  ތައުފީގު އަބްދުﷲ، ލިލީގެ/ގއ. ކޮލަމާފުށި
  •  ހުސައިން ސަލްމާން، ބިއުޓީ/ސ. މަރަދޫ
  •  މަރްޔަމް ޖެނިފާ މުސްތަފާ، ގ. ބޮޑުފެންވަޅުގެ/މާލެ
  •  އަލީ އަޒުހަދު މުހައްމަދު (އޮޒޭ)، ސްހާގް/ހދ. ކުޅުދުއްފުށި
  •  އާދަމް ޝަރީފް އަހްމަދު – ދަފްތަރު. ނަންބަރު ރސ 2809، މާލެ

ޕާޓީގެ ފުރަތަމަ ދައުރުގެ މަގާމުތަކުގެ އިންތިހާބުގައި ޕާޓީގެ ’ޔަންގް ޑިމޮކްރެޓްސް’ގެ ލީޑަރު ކަމަށާއި، ޑެޕިއުޓީ ލީޑަރުގެ މަގާމަށް ވެސް މިއަދު ވަނީ މީހުން އިންތިހާބު ކޮށްފައެވެ.

ޔަންގް ޑިމޮކްރެޓްސްގެ ލީޑަރު ކަމަށް މުހައްމަދު މާސިހު (މާޗީ)، ސްޓޯން/ނ. ވެލިދޫ، އިންތިހާބުވެފައި ވާއިރު ޑެޕިއުޓީ ލީޑަރު ކަމަށް އިންތިހާބުވެފައި ވަނީ އަޒުވަރު، ފިނިހިޔާގެ/ ދ. ކުޑަހުވަދޫއެވެ.

އެ ދެ މީހުން ވެސް މާގަމުތަކަށް އިންތިހާބު ވެފައިވަނީ އެ މަގާމަށް ދެން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމުން ވޯޓަކާއި ނުލައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button