ޚަބަރުސިޔާސީ

ޑިމޮކްރެޓްސްގެ ’ޔަންގް ޑެމްސް’ގެ ލީޑަރުކަމަށް މާޗީ އިންތިހާބު ވެއްޖެ

ޑިމޮކްރެޓްސްގެ ޒުވާނުންގެ ގޮފި ކަމަށްވާ ’ޔަންގް ޑެމްސް’ގެ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެކަކު ނަން ނެގުމުން އެ ޕާޓީގެ ޔަންގް ޑިމޮކްރެޓްސްގެ ލީޑަރުކަމަށް މުޙައްމަދު މާސިހު (މާޗީ)، ސްޓޯން، ނ. ވެލިދޫ އިންތިހާބު ވެއްޖެއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ހެދިފައިވާ ގޯހަކުން ބައެއް ފޮށިތަކަށް ވޯޓު ލާން ޖެހޭ މިންވަރަށް ވުރެ ގިނައިން ވޯޓު ކަރުދާސް ދޫކުރެވުމުން ޔޫތު ވިންގުގެ އިންތިހާބުގެ ނަތީޖާ ވަނީ ބާތިލު ކޮށްފައެވެ.

 

ނަމަވެސް އެ އިންތިހާބު މިހާތަނަށް އައިއިރު ބާއްވާފައި ނުވާތީ އެ ޕާޓީގެ ޒުވާނުން އެކަމާއި ގުޅިގެން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޕާޓީގެ ޒުވާނުންގެ ލީޑަރުކަމަށް ވާދަ ކުރެއްވި އަނެއް ކެންޑިޑޭޓު ޔޫސުފް ޝާހު މީގެ ކުރިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންތިހާބު އަލުން ބާއްވާނެ ދުވަހަކަށް ވަރަށް ކެތް ކުރެވިއްޖެ ކަމަށާއި އެކަމާ ވަރަށް ޝަކުވާ ވެސް ކުރެވިއްޖެ ކަމަށެވެ. އެއާއެކު އޭނާ ވަނީ ނަން އަނބުރާ ނަގާފައެވެ.

ޝާހު ނަން ނެގުމާއެކު މަސީހް ވަނީ ވީޓަކާއި ނުލާ ޔަންގް ޑެމްސްގެ ލީޑަރުކަމަށް އިންތިހާބުވެ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button