ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ދާކަމުގެ މައުލޫމާތު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ދީފިއެވެ.
އެ ކޯޕަރޭޝަނުން މި މައުލޫމާތު ހިއްސާކޮށްފައި ވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އާރުޑީސީން މައުލޫމާތު ދީފައިވާ ގޮތުގައ،ި ކުޅުދުއްފުށި ސިޓީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ނަމޫނާ ހިނގުމުގައި އޭބީސީ ފަށަލަ އެޅުމާއި ފަރީދީމަގާއި އުދަރެސްމަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތެވެ. މީގެ އިތުރުން ނަމޫނާ ހިނގުމުގައި ސަބްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ކުރަމުން ދާކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.