ޚަބަރުސިޔާސީ

ކުށް މަދުކުރުމުގެ ޕްރޮގްރާމެއް ހިންގުމާ ގުޅޭގޮތުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސާއެކު މަޝްވަރާކޮށްފި

ކުށް މަދުކުރުމުގެ ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސާއެކު މަޝްވަރާ ކޮށްފިއެވެ.

ރަށު ފެންވަރުގައި ގާނޫނުތައް ތަންފީޒު ކޮށް، ކުށް މަދު ކުރުމުގެ ޕްރޮގްރާމެއް ހިންގުމާ ގުޅޭ ގޮތުން ގއ. ކަނޑުހުޅުދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މަޝްވަރާ ކޮށްފިއެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް ޠާރިޤް އަފީފްއާއެކު މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރެވެ.

ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ލުބްނާއާއެކު ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛް ޙަސަން ޢަލީއާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ މުސްތަފާ ޙުސެއިން ވެސް  ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި ރަށްރަށުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، ރަށު ކައުންސިލްތަކާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަކީ މުޖްތަމައު އެދޭފަދަ ހައްލެއް ހޯދިދާނެ ކަމެކެވެެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން:

  • މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި، ކައުންސިލް އިސް ނަގައިގެން ރަށު ފެންވަރުގެ މަސައްކަތްތަކެއް ފެށުން
  • މަސްތުވާތަކެއްޗާ ދެކޮޅަށް މިނިސްޓްރީއާއި ކައުންސިލާއެކު މަސައްކަތްތަކެއް ފެށުން
  • ރަށުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކާއި އެކުގައި މަސައްކަތްކޮށް ހައްލު ހޯދުން
  • މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމާއި އެކަމުގެ ފަންނީ ޕްރޮގްރާމްތައް ހިންގުން

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button