ޚަބަރު

ދ. މީދޫ އަށް ދަތުރުކުރި ލޯންޗެއް ދިޔަވެ އެމްއެންޑީއެފް ހަރަކާތްތެރިވަނީ

މާލެއިން ފުރައިގެން ދ.މީދޫ އަށް ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައި ދިޔަވެ އެހީތެރިކަން ފޯރުކޮށްދެމުން ދާ ކަމަށް އެމްއާރްސީސީ އިން ބުނެފިއެވެ.

މި ލޯންޗުގައި އަންހެނުންނާއި ކުޑަ ކުދިން ހިމެނޭހެން 30 މީހުން ދަތުރު ކުރަމުން ދިޔަ ކަމަށްވެސް އެމްއާރްސީސީ އިން މަޢުލޫމާތު ދީފައިވެއެވެ. ލޯންޗަށް ރާޅު އަރައިފައިވަނީ ފ. ފީއަލީގެ ބޭރުން 7 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމަށާއި، އަދި މިހާރު އެ ލޯންޗަށް އެހީތެރިވުމަށް ފ. ފިލިތެޔޮ ރިސޯޓުން ދޯންޏަކާއި ފީއަލިން ލޯންޗަކާއި ދޯންޏެއް ފުރައިފައިވާ ކަމަށް ވެސް މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކޯސްޓް ގާރޑް ހާބަރ ކްރާފްޓްވެސް މި ލޯންޗަށް އެހީ ތެރިކަން ފޯރުކޮށްދިނުމަށް މިހާރު ފުރާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ، އެ ލޯންޗު މިހާރު ދ. މީދޫއަށް ދަތުރު ކުރަމުންދާ ކަމަށާ، އެ ލޯންޗު ކައިރީގައި ކޯސްޓް ގާޑް ހާބަރ ކްރާފްޓް ވެސް އޮތް ކަމަށެވެ. އަދި ލޯންޗުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button