ޚަބަރުސިޔާސީ

މަރަށް މަރު ހިފުމުގެ މަސައްކަތް ކުރިޔަށް ގެންދާނަން: ރައީސް ޔާމިން

މީހުން މަރާ މީހުންނަށް މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދަވާނެ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިރޭ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މަރަށް މަރު ހިފުމުގެ މަސައްކަތް ފެށިގެން ކުރިޔަށް ދިޔަ ކަމަށާއި، އެކަމުގައި އިޖުރާއީ ގޮތުން ގިނަ ކަންކަމެއް ކުރަން ޖެހުނު ކަމުގައެވެ. އަދި އެ މަސައްކަތް ނިމުމަކާ ހަމައަށް އައިރުވެސް ތަހުގީގުގެ ފޭރާމާއި، މީހުން ފްރޭމް ކުރުމާއި، ކޯޓު މަރުހަލާގައި ކުރަން ޖެހޭ މަސައްކަތްތަކާއި، ފަނޑިޔާރުންގެ ވިސްނުންފުޅަށް ރިއާޔަތް ކުރުމުގެ ގިނަ ކަންކަމަށް ދިރާސާތަކެއް ކުރަން ޖެހުނުކަމުގައެވެ.

”މަރަށް މަރު ހިފުމަކީ ވަރަށް ބޮޑު ކަމެއް. އެއީ އާދައިގެ ކަމެއް ނޫން. އެކަން ކުރަންވެސް ޖެހެނީ ހިއުމަން ގޮތަކަށް. އޭރު ކުރެވުނު މަސައްކަތުން ގަބޫލު ކުރެވުނީ ލީތަލް އިންޖެކްޝަން ޖަހައިގެން މީހާއަށް އެންމެ ވޭން ކުޑަގޮތަކަށް އެކަން ކުރަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ހަމަ ކުއްލިއަކަށް ރައީސަކަށް ނިންމޭވަރުގެ ކަމަކަށްވުރެ މުޅި ނިޒާމު ހަރުދަނާކޮށްގެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. އަދި ގިސާސް ހިފުމާއި މެދު އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތް ބަދަލު ނުވާ ކަމަށާއި އެއީ މީހުން މެރުން ހުއްޓުވުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ޔާމީން ވިދާޅުވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button