ޚަބަރުސިޔާސީ

އާރަށު މައްސަލައިގަ ރައީސް ޔާމީންގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ލީޑަރ އަދި އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްޤައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމަށް ހުށައެޅި މައްސަލަ ހައިކޯޓުން ބަލައިގެންފި އެވެ.

އެކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ދިފާޢީ ވަކީލުންގެ ތެރޭ އިސްކޮށް ޙަރަކާތްތެރިވާ ވަކީލް ޑރ.ޖަމީލު  ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހައިކޯޓުން ރައީސް ޔާމީންގެ ފަރާތްޕުޅުން އާރަށު މައްސަލައާއި ގުޅިގެން ހުށައެޅުއްވި އިސްތިއުފާނު ބަލައިގެންފައިވާކަމަށް ވިދާޅުވެފަ އެވެ.

ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި އިސްތިއުނާފް ގައި ހުރި ކަންކަމަށް ބަލައި، އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ، އިރާދަކުރެއްވިޔާ އިސްތިއުނާފު ކާމިޔާބު ވާނެކަމަށެވެ. އަދި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށާއި، ކެމްޕޭނު ކުރުމަށްވެސް އެކަށީގެންވާ މުއްދަތެއް ލިބިވަޑައިގަންނަވާނެކަމަށް ޑރ ޖަމީލުގެ އިތުރުން ގިނަ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް އިދިކޮޅު ލީޑަރަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އެ މައްސަލަ އިސްތިއުނާފީ މަރުޙަލާގައިވަނިކޮށް ”ޗެނަލް-13“ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވަނީ ސްޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button