ޚަބަރުސިޔާސީ

ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކުގެ ކުލި ކުޑަކުރަނީ

ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކުގެ ކުލި ކުޑަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ހުޅުމާލޭގައި ކުރިއަށްދިޔަ ޕީއެންސީގެ މެންބަރު އައިޝަތު އާޒިމާ ޝަކޫރުގެ މާލެ ސިޓީ މޭޔަރު ކެމްޕެއިނުގައި މުހާތަބުކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ހުޅުމާލެ ފޭސް 1 ގައި ދިރިއުޅެމުންދާ ދިވެހިންގެ އިހުސާސްތައް މީގެ ކުރިން ސަރުކާރުން ބަލައިގަނެފައި ނުވީނަމަވެސް މި ސަރުކާރުން ބަލައިގަންނާނެ ކަމަށެވެ. އަދި އެ ސަރަހައްދުގެ ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިއަދު މިތަނުގައި އިއުލާންކޮށްލަން ބޭނުންވަނީ، މި ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފުލެޓަކުން މި އަންނަ މަހުން ފެށިގެން 20 ޕަސަންޓު އަގު ކުޑަވެގެންދާނެއޭ“
ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ހުޅުމާލެ ފްލެޓުތަކުގެ ކުލި 20 އިންސައްތަ ކުޑަކުރަން ނިންމި މައިގަނޑު ސަބަބަކީ، އިގުތިސާދީ ހާލަތު ހުރިގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހީނަރުވެފައި އޮތުމުން އަތުގައި ހުންނަ އާމްދަނީ ދައްވުމުން ކަމަށެވެ. އަދި، ރައީސް ވަނީ، ހުޅުމާލެ ފޭސް 1 ގެ ފްލެޓުތަކުގެ މެއިންޓެނެންސް ފީ ކުޑަކުރަން ވެސް ނިންމަވާފައެވެ.

ރައީސް ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މާލީ ހާލަތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އެގޮތުން، ބައެއް ފަރާތްތަކުން ފްލެޓުތަކުގެ ކުލި ދައްކަން އުޅެނީ ބިކަ ހާލުގައިކަން ރައީސް ގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ރައްޔިތުން އެހާލުގައި ހުރުމުން އެކަން މެނޭޖުކުރަން ޖެހޭނީ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ފޭސް 1 ގައި ބިނާކޮށްފައިވާ ފްލެޓުތަކަކީ އެކި ގައުމުތަކުގެ މެދުގައި އެގްރީމެންޓުތައް ހަދައިގެން އަޅާފައިހުރި ފްލެޓުތަކެކެވެ. އެ ތަންތަނަށް ދައްކަން ޖެހޭ ފައިސާ މެނޭޖުކުރަން ޖެހޭނީ ސަރުކާރުންކަމަށާއި އަދި ސަރުކާރުން ދައްކަންޖެހޭ ފައިސާ ދެއްކޭނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button