ޚަބަރު
ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިއްޖެ
ސެމިސްޓާ ބްރޭކަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފެށިއްޖެއެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުނު އިރު، ސްކޫލްތައް ހިމެނޭ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ.
މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކައިރީގައި ޕާކްކޮށްފައި ހުރި ވެހިކަލްތައް ނެގުމަށާއި ސްކޫލް ގަޑިތަކުގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި ދުއްވާއިރު ހާއްސަ ސަމާލު ކަމެއް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.