ޚަބަރު
އައްޑޫ ސިޓީ ފޭދޫ ގެއެއްގައި ރޯވި އަލިފާން ނިއްވާލައިފި
މިރޭ 19.33 ހާއިރު އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގައި ރޯވި އަލިފާންގަނޑު ނިއްވާލެވިއްޖެކަމަށް އެމްއެންޑީއެފް ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ކަށަވަރުކޮށް ދެއްވައިފިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި މި ހާދިސާގެ މަޢުލޫމާތު މިރޭ 19:33 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިކަމަށް ހާމަކޮށްފައިވެއެވެ.
ސ.ހިތަދޫ އަލިވިދާގޭގައި ހުރި ކޮޓަރިއެއްގައި ރޯވި އަލިފާން ނިއްވާލެވިފައިވަނީި މިރޭ 20:09 ހާއިރުކަމަށް މައުލޫމާތު ލިބެއެވެ.