ޚަބަރު
ފިލިޕީންސްގައި ދިވެއްސެއް އެކްސިޑެންޓްވެ އައިސީޔޫގައި!

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިލިޕީންސްގައި ހިނގި އެކްސިޑެންޓުގައި ބޮޑެތި ޒަހަމުތަކެއް ލިބި، އައިސީޔޫގައި ފަރުވާދެމުން ދަނީ ލުހެއިމް މުހައްމަދު އިސްމާއީލް ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާނަކަށެވެ.
ޏ.ފުވައްމުލަކަށް އުފަން ލުހައިމަކީ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކެޑަމީގައި ޕައިލަޓް ތަމްރީނު ކޯހެއް ފުރިހަމަކުރަމުންދާ ދަރިވަރެކެވެ. ހަބަރުތައް ލިބޭ ގޮތުގައި އޭނާގެ ދެފަޔާއި ބޮލަށް ވަނީ އަނިޔާ ލިބިފައެެވެ.
ލުހައިމް އެކްސިޑެންޓުވެފައި ވަނީ، ބާރަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އޭނާ ދުއްވި ސައިކަލު ޖެހި، ވިއްސައިގެން ގޮސް ހޮޅިދަނޑިއެއްގައި ޖެހިގެންކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.