ޚަބަރުސިޔާސީ

މާސްޓާސްއާ ހަމައަށް ކިޔަވާފައި ތިބި އިމާމުންނަށް ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ: މިނިސްޓަރ ޝަހީމް

މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސްއާ ހަމައަށް ކިޔަވާފައި ތިބި ފަރާތްތަކަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ހަވާލު ވަޑައިގަތުމާއެކު ޑރ. ޝަހީމް ގެންދަވަނީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައި ކުރައްވަން ނިންމަވާފައިވާ ކަންކަން އިސްލާމިކް މިނިސްޓްރީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހާމަ ކުރައްވަމުންނެވެ.

އިމާމުންނަށް އޮތް ފުރުސަތުތަކާ ގުޅޭ ގޮތުން މިއަދު ޑރ. ޝަހީމްގެ އަމިއްލަ ޓްވިޓަރ ހޭންޑަލްއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތުގެ އިތުރުން, މިޞްރާއި ސައުދީ އަރަބިއްޔާއާއި މޭލޭޝިއާއާއި, ބުރޫނާއި އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުން އިމާމުންނަށް ތަމްރީންވުމުގެ ފުރުސަތު ހޯދަވައިދެއްވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button