ޚަބަރުސިޔާސީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރަނީ

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު  ދެއްވައިފިއެވެ.
ސަލްޓަންޕާކުގައި ކުރިއަށް ގެންދިޔަ ’އަހާ‘ ސިލްސިލާގެ ދެވަނަ ފޯރަމްގައި އާންމު ރައްޔިތަކު ފޯނުން ކުރި ސުވާލުގެ ޖަވާބުގައި ރައީސް ވަނީ އެ ޔަގީންކަން ދެއްވާފައެވެ.
އެ ސުވާލު ކޮށްފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމާ ގުޅޭ ގޮތުންނެވެ.
ރައީސް ވިދާޅުވީ ހަވާސާވެފައިވާ ކޮމިއުނިޓީތަކަށް ޚާއްސަ އިސްކަމެއް ދިނުމަކީ އެމަނިކުފާނު ވަރަށް އިސް ކަމެއް ދެއްވާ ކަމެއް ކަމަށެވެ.
“ޖަވާބަކީ އާނއެކޭ. އެކަން ބޮޑުވެގެންދާނެ އިރާދަކުރެއްވިއްޔާ“ ރައީސް ވިދާޅުވިއެވެ.
އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމަކީ އެމަނިކުފާނު ކުރައްވަން ނިންމަވާފައި އޮތް ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން އަވަސްވާނީ ބަޖެޓުގެ ތެރެއިން ޖާާގަ ލިބުނުހައި އަވަހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button