
މީލާދީ އައު އަހަރުގެ މުނާސަބަތުގައި ބްރައިންގެ ގާލާ ޑިނާ ބުފޭ ފޯރިގަދަ ލައިވް ޑީޖޭ އާއެކު ބޭއްވުމަށް ނިންމައިފިއެވެ.
ސިނަމާލެ ބުރިޖުގެ ހިތްގައިމު ވިއު ފެންނަ މި ރެސްޓޯރެންޓުގެ ގާލާ ޑިނާ ފެށޭނީ 31 ވަނަ ދުވަހުގެ ރޭގަނޑު 08:00 ގައެވެ. އަދި ލައިވް މިއުޒިކް 23:00 އިން 1:00 އާ ހަމައަށް ކުރިޔަށް ދާނެއެވެ.
ލައިވް މިއުޒިކާއެކު ބްރައިންގެ ރޫފް ޓޮޕްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގާލާ ޑިނާ ގެ ޕެކޭޖުގެ އަގަކީ ބޮލަކަށް 450 ރުފިޔާއެވެ. އަދި ބުކިން ހެދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 9995149 އަށް ގުޅުއްވުމަށް ބްރައިން އިން އެދެއެވެ.
އައު އަހަރު ފާހަގަކުރުމަށް މާލޭގެ އެކި އައުޓްލެޓްތަކުން ތައްޔާރުވަމުން އަންނައިރު، ބްރައިން އަކީ މާލޭގެ އެންމެ ޕްރައިމް ލޮކޭޝަނެވެ.