ބޮޑުމޮހޮރާގައި ޕްލޭބޯއީސް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރަށް ސަރުކާރުން ދެއްވާފައިވާ ބޮޑު މޮހޮރާއަށް ޕްލޭބޮއީސް ގެނެސްގެން އޮރިޔާން ފޮޓޯއާއި އޮރިޔާން ވީޑިއޯ ކުޅޭކަމުގެ މަޢުލޫމާތު ބޮންތިއަށް ވަނީ ލިބިފައެވެ. އަދި އޭގެ ވީޑިއޯއެއްވެސް ބޮންތިއަށް ވަނީ ލިބިފައެވެ. އެ ވީޑިއޯގައި ޕްލޭބޮއީސްގެ ލޯގޯއާއެއްކޮށް ނަން ފެންނަން ހުރުމާއި އެރަށުގެ އަތިރިމަތީގައާއި ފަޅު ތެރޭގައި އެއްވެސް ނިވާކަމެއްނެތި އެކިއެކި މަންޒަރުތައް ވީޑިއޯ ކުރަމުންދާ މަންޒަރު ފެނެއެވެ. މިއީ ސައްތައިންސައްތަ މުސްލިމު ގައުމެއްގައި ހިންގައިގެންވާނެ ޢަމަލަކަށް ނުވާއިރު، މިކަމަކީ ދިވެހިރާއްޖޭގެ ޤާނޫނާވެސް ޚިލާފަށް ހިންގާފައިވާ ޢަމަލެކެވެ. އަދި ޢިއްޒަތްތެރި މެންބަރަކީ ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގައި ޖުވާކުޅުން ހުއްދަކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރަމުންދާ މެންބަރުކަންވެސް ފާހަގަކުރެވެއެވެ. މި ކަމާ ގުޅޭގޮތުން ޖާބިރުއާ ގުޅުމުން …… ޕޮލިސް މީޑިއާ..