ޚަބަރުބްރޭކިންގ ނިއުސް

ޕާކިން ޖޫރިމަނާތައް މައާފްކޮށްފި

ސެޕްޓެމްބަރު 5، 2023ން ފެށިގެން ނޮވެމްބަރު 16، 2023ގެ ނިޔަލަށް ކޮށްފައިވާ ޕާކިންގ ޖޫރިމަނާތައް މައާފް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ޑރ.މުއިއްޒުގެ ކެންޕޭން ތެރޭގައި ޕާކިން ޖޫރިމަނާ މާފުކޮށް ދެއްވާނެ ކަމަށް އިއުލާނު ކުރައްވާފައި ވަނިކޮށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ރައީސް އިބްރާހިމް ވަނީ ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ޕާކިން ޖޫރިމަނާގެ ތެރެއިން ދައުލަތަަށް ނުލިބޭ ފައިސާ މައާފު ކޮށްދެއްވައިފައެވެ.

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، ”މިހާރު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ ސެޕްޓެންބަރު 5، 2023 އިން ފެށިގެން 16 ނޮވެމްބަރު 2023 އަށް ކޮށްފައި ހުރި ޖޫރިމަނާތައް ވެސް ގާނޫނުގައި ވާގޮތުގެމަތިން މައާފް ކުރުމަށް، އެހެންވީމަ އެ ޖޫރިމަނާތަކުން އަސަރުކޮށްފައިވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ޖޫރިމަނާތައް މައާފްވެގެން ދާނެ“ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button