ޚަބަރުސިޔާސީ

512 ފްލެޓް ފެބުރުއަރީގައި ނިންމައި، 32 ޓަވަރު އަންނަ އަހަރު ނިމޭއިރު އެޅުމަކީ ޓާގެޓް: ހަމްދާން

ފަހި ދިރިއުޅުން ކޯޕަރޭޝަން ( އެފްޑީސީ) އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ 4,000 ފްލެޓުގެ ތެރެއިން 500 އަށް ވުރެން ގިނަ ފްލެޓް އަންނަ އަހަރުގެ ފެބުރުއަރީއަށް ނިންމައި، ހަވާލު ކުރެވޭނެ ކަމަށާއި އަހަރު ނިމެންވާ އިރަށް ބާކީ ހުރި ފްލެޓްތައް ނިންމަން އަވަސް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ”އަމާން ދޯދި“ މޮކް-އަޕް ދައްކާލަން އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ހަމްދާން ވިދާޅުވީ، ޓަވަރުތަކުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށައި، ފިނިޝިންގެ މަދު މަސައްކަތްތަކެއް ފިޔަވައި، ކަމަށާއި ނިމުނުހާ އަވަހަކަށް އެތަންތަން ހަވާލުކުރާނެ ކަމުގައެވެ.

”ކޮންސްޓްރަކްޝަން ސްޕީޑު އަވަސް ކުރަން މިހާރު ހ ހުންނާނެ ބައެއް ކަންކަމަށް ބަދަލުތަކެއް ގެނެސްފަ. ދެން ފެބުރުއަރީއަށް ފަހު، ކޮންމެ ދެ މަހަކުން ފްލެޓެއް ނިންމާފަ ހަވާލުކުރާނަން.“ ހަމްދާން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ނިންމާފައިވަނީ 17-18 ބުރީގެ 32 ޓަވަރެވެ. އެގޮތުން ކޮންމެ ފްލޯއެއްގައި 8 އެޕާޓްމެންޓް ހުންނައިރު، އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button