ޚަބަރުސިޔާސީ

އިހަވަންދޫއާއި ހޯރަފުށްޓަކީ އެސަރަޙައްދުގެ އަރބަން ސެންޓަރުތައް: ރައީސް

އިހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަޙައްދުގެ އަރބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ އުުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ.އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައެވެ.

އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ހަވަންދޫއާއި ހޯރަފުށްޓަކީ އެ ސަރަޙައްދުގެ އަރބަން ސެންޓަރުތަކުގެ ގޮތުގައި ބަލާ ތަންތަން ކަމަށާއި އެހެންކަމުން މިސަރަހައްދަށް ބޭނުންވާ ތަރައްޤީގެ މަސައްކަތްތައް ހިނގަންޖެހޭނީ ވެސް ފުޅާދާއިރާއެއްގައި ނުވަތަ ލާރޖް ސްކޭލުގައި ކަމަށެވެ.

އޭގެ އިތުރުން، ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމުގައި ވެސް ރައީސުްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކުނި މެނޭޖުކުރުމުގެ މަސައްކަތަކީ ވެމްކޯއިން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ހަމައެއާއެކު ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޒަމާނީ އަދި ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button