ޚަބަރުސިޔާސީ

ފުރަތަމަ ފަހަރަށް ޕީއެންސީ/ޕީޕީއެމުން މާޅޮހު ކައުސިލްގެ ގޮނޑިއެއް ކާމިޔާބުކޮށްފި!

އއ. މާޅޮހުގެ ސިޔާސީ ހަޔާތުގައި ފުރަތަމަ ފަހަރަށް ޕީއެންސީ/ޕީޕީއެމަށް މާޅޮހު ކައުސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެވިއްޖެއެވެ.

ޑިމޮކްރަސީ އައިފަހުން އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއަކަށް މާޅޮހު ކައުންސިލްގެ ގޮނޑިއެއް ކާމިޔާބު ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. މި ގޮނޑި ކާމިޔާބު ކުރީ އައިމިނަތު މާޔާއެވެ.

މި ގޮނޑި ޕީއެންސީ/ޕީޕީއެމްއަށް ކާމިޔާބު ކޮށްދިނުމުގައި މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަކަން މާޔާގެ ކެމްޕެއިން ޓީމުން (އައިމިނަތު މާޔާ، މާހާ، އއ.މާޅޮސް) ވަނީ ބުނެފައެވެ.

އއ. މާޅޮހުގެ ރައްޔިތުންނާއި ޕީއެންސީ/ޕީޕީއެމްގެ މެންބަރުންނާއި، ސަޕޯޓަރުންގެ އުންމީދަކީ މިފަހަރު މި ކާމިޔާބު ކުރެވުނު ގޮނޑިއާއެކު ކުރިމަގުގައި އިތުރު ކާމިޔާބާ ކުރިއެރުން ލިބިގެން ދިއުމެވެ. އަދި މި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެހީތެރިކަމާ އެއްބާރުލެއްވުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމުގައި ރައްޔިތުން ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button