ޚަބަރުސިޔާސީ

ޝާޑު ޓިކެޓު ޔަގީންކޮށްފި!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީން އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝާހިދު (ޝާޑު) ޕާޓީގެ ޓިކެޓު ޔަގީންކުރައްވައިފިއެވެ.

ޕްރައިމަރީއަކާ ނުލާ ޝާޑަށް ޓިކެޓް ކަށަވަރުވީ އެ ދާއިރާއަށް ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި އިތުރު ބޭފުޅަކު ޝާޑު އާއި ވާދަނުކުރެއްވުމަށް ނިންމެވުމާ ގުޅިގެންނެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު ކަން ކުރެއްވި ޝާޑު ނިމިދިޔަ 19 ވަނަ މަޖިލިސް އިންތިހާބުގައިވެސް ވަނީ ވާދަކުރައްވާފައެވެ. އެފަހަރު ޝާޑަށް ގޮނޑި ނާކާމިޔާބުވެވަޑައިގަތީ ވޯޓުގެ އިންސައްތަ އަށް ބަލާނަމަ، ކުޑަ ފަރަގަކުންނެވެ.

ދާއިރާގެ ތަރައްގީއާއި ކުރިއެރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ ގިނަ ރައްޔިތުން އިއްތިފާގުވާ ޝާޑުގެ މެންބަރު ކަމުގައި އެ ދާއިރާގައި މުހިންމު 16 މަޝްރޫއެއް ހިންގާފައިވާއިރު، އޭނާ ވެގެން ގޮސްފައިވަނީ މަސައްކަތުގެ ކޮލެޓީ ހިފެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، އެފަދަ ކަންކަމަށް ބާރު އަޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކޯލިޝަނަކަށް ނިސްބަތްވާ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ ޝާޑު ވަނީ ދާދި ފަހުން ޕީއެންސީއަށް އިތުރު 1,000 މެންބަރުން ހޯއްދަވައިދެއްވައި، މިހާތަނަށް 700 އަށްވުރެ ގިނަ މެމްބަރޝިޕް ފޯމުވެސް ފުރުއްވައި، ޕީއެންސީ އޮފީހަށް ހުށަހަޅުއްވާފައެވެ.

ޝާޑަށް މަޖިލިސް ގޮނޑި ކާމިޔާބު ކޮށްދިނުމުގައި ދާއިރާގެ ގިނަ ބަޔަކު ފޫގަޅައިގެން ތިބިއިރު، އޭނާ ވަނީ ރައީސް މުއިއްޒުއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހުޅުދޫ ދާއިރާގެ މެޖޯރިޓީ ހޯއްދަވައިދެއްވާފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button