ޚަބަރު

ދުބާއީ އިން ރާއްޖެ އައި މީހެއްގެ އަތުން 12 މިލިއަން ރުފިޔާގެ ހެރޮއިން އަތުލައިގެންފި

ދުބާއީ އިން ރާއްޖެއައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 1 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ އުމުރުން 48 އަހަރުގެ ފިރިހެން ފަސިންޖަރެއްގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާ ކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކު ކުރެވިގެން އެފަސިންޖަރުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެގޮތުން ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް  ޕޮޒިޓިވް ވެފައިވާކަމަށް އެ އިދާރާއިން ބުންޏެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 10.002 ކިލޯ ހުރިކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 12,000,000.00 (ބާރަ މިލިއަން) ރުފިޔާއަށް ވުރެ މައްޗަށް އަރާކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކޮށްފައެވެ.

One Comment

Leave a Reply to Haivakaru Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button