ޚަބަރުސިޔާސީ

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާރ ޖެނެރަލް އަބްދުއްރަހީމް އައްޔަން ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރީގެ ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ އައްޔަން ކުރައްވައިފި އެވެ.

ރައީސް ޑރ.މުޢިއްޒު މިއަދު ހަވީރު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިރޭ ކެބިނެޓާއި ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ރައީސް އޮފީހުގެ އިސް މަޤާމުތަކަށް އައްޔަންކުރެއްވި ބޭފުޅުން ހިމެނެއެވެ.

ސަރުކާރުގެ އިސް މަޤާމުތަކަށް ބޭފުޅުން އައްޔަންކުރައްވާފައިވާއިރު ޗީފް އޮފް ޑިފެންސްގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސްގެ މަޤާމުގައި ހުންނެވި، 32 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެއްކަމަށްވާ އަބްދުއްރަހީމެވެ.

އަބްދުއްރަހީމް ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ފަހުން އޭނާ ނިންމެވީ މަޤާމުގައި ދެމިހުންނަވާށެވެ.

ޤާނޫނު އަސާސީ ބުނާ ގޮތުން ސިފައިންގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ޗީފް އޮފް ޑިފެންސަކީ ސިފައިންގޭގެ ކަންކަން ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެ އިދާރާގެ އެންމެ އިސްވެރިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button