ޚަބަރު

ފަސް މިލިއަން ގަސް އިންދުމަށް ޕްލޭންތައް އެކުލަވާލައިފި

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދެވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު ފުއްދުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ތޯރިގު އެހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ “ރާއްޖެމިއަދު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމް ހިންގާނެ ގޮތުގެ ޕްލޭނެއް މިހާރު އެކުލަވާލެވިފައިވާ ކަމަށާއި އެ ޕްރޮގްރާމް ހިންގާނީ ހަމައެކަނި ސަރުކާރުން ނޫން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެ ވައުދު ފުއްދާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ރިސޯޓުތަކުގެވެސް ބައިވެރިވުމާއެކުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި މީހުން އާބާދުނުވެ ހުރި ގިނަ ސަރަހައްދުތަކެއް އެބަހުރި ކަމަށާއި އެތަންތަނުގެ ލޭންޑު ޔޫޒް ޕްލޭނާ އެއްގޮތަށް ގަސް އިންދާނެ ގޮތްތައް ގެންދަނީ ރާވަމުންނެވެ.

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢު ހިންގަވާނެ ކަމަށް ރައީސް މުއިއްޒު ވައުދެވެވަޑައިގެންނެވީ މި މަހު ކުރީކޮޅު ޔޫއޭއީގެ ދުބާއީގައި ބޭއްވި ކޮޕް28 ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button