
ވިޔަވަތި އިވެންޓުގައި ބައިވެެރިވެ ވަޑައިގެން ހޯމް މިނިސްޓަރު އިމްރާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ ވެރިކަމަށް ޘަނާކިޔައި ދެއްކި ވާހަކަތަކަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން އެއީ ނުދައްކާ ވާހަކަތަކެއް ކަމަށް ބުނެ އިމްރާންގެ ދިފާއުގައި އޭނާގެ ފޭނުން ނުކުމެއްޖެ ކަމަށް ޝައިޚް ފަޒްލޫން ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ކުރިއަށްދިޔަ ”ވިއަވަތި“ ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ކުރައްވަނީ ކީރިތި ޤުރުއާންގައި ބަޔާންކުރައްވާފައިވާ ފަދަ ހެޔޮ ވެރިކަމެއްކަމަށާއި، ރައީސް ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައެވެ.
އިމްރާންގެ މިވާހަކަ ތަކާއި ގުޅިގެން އެތައްބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ޝައިޚް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަވަތި އިވެންޓުގައި އިމްރާން ވެރިކަމަށް ޘަނާކިޔައި ދެއްކި ވާހަކަތަކެއް އިވި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން، އިމްރާނުގެ ފޭން ބޯއީސް އިމްރާން ދިފާއުކުރުމަށް ”މި ވެރިކަމަކީއެބުނާ ހެޔޮ ސިފަތައް ހުންނަ ވެރިކަމެއް ނޫންކަމަށް އިއުތިރާފުވެ، އިމްރާނު އެހެން ނުބުނާކަމަށް ބުނެފި“ ކަމަށެވެ.
ވިޔަވަތި އިވެންޓުގައި @ShimranAb ވެރިކަމަށް ޘަނާކިޔައި ދެއްކި ވާހަކަތަކެއް އިވި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން، އިމްރާނުގެ ފޭން ބޯއީސް އިމްރާން ދިފާއުކުރުމަށް "މިވެރިކަމަކީ އެބުނާ ހެޔޮ ސިފަތައް ހުންނަ ވެރިކަމެއް ނޫންކަމަށް އިއުތިރާފުވެ، އިމްރާނު އެހެން ނުބުނާކަމަށް ބުނެފި"
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) September 12, 2022
ފަހަކަށް އައިސް އިމްރާން ދަނީ ޓްވިޓާގައި އަދި އެކި ފޯރަމް ތަކުގައި ރައީސް ސޯލިހުއަށް ވަރަށް ބޮޑަށް ޘަނާ ކިޔުއްވަމުންނެވެ. އެހެންނަމަވެސް 2023 ގެއިންތިޚާބު ކާމިޔާބު ކުރާނީ އިމްރާންގެ ޕާޓީ ކަމުގައިވާ އަދާލަތުން ކަމުގައި ދާދި ފަހުން އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
އިމްރާންގެ ބަސްމަގު ހުރިގޮތުން 2023 ގައި ޢަދާލަތު ޕާޓީއިން ވެރިކަމަށް ކުރިމަތި ލައްވާ ކެނޑިޑޭޓަކީ ރައީސް ސޯލިހު ކަމަށްވެސް ބެލެވެއެވެ.
އެވަރުގެ ވާހަކަދައްކާ މީހަކު ނުދައްކާކަމަށްބުނެފާނެނު
Imran aki ehves irehga thedheh hedhi meeheh noon. Eyna ei mulhin siyaasee thahpaahun ulhey meeheh. Imran aai Nasheed ei mi gaumah jehifa oih bodu museebaatheh.
ކީރިތި ގުރުއާނާ ކީރިތިރަސޫލާގެބަދަލުގާ އިމުރާނުދިފާއުކުރަނީތަ ކިއެއްޗެެްނުކިޔާކަމަކަންނުވާނެ ކީރިތިރަސޫލާގެ ސަހާބީއަކާވެސްއަޅާކިޔޭވަރުމީހަކުނުހުންނާނެ ދީންހަރާންކުރއްވާހުރިހާކަމެއް ކުރިއަރުވާ މީސްމީހުންރަަސޫލާޔާއެއްހަމަކުރާއިރު އެކަންކުއްވެރިކުރަޒްޖެހޭނެއންތިހާޔަށްޗ
އިމްރާންއަކީ ކިތަންމެ ބޮޑުދޮގެއްހަދައިގެންވެސް އިއްޒަތްތެރިމަޤާމުގައި ހުންނަން ބޭނުންވާ މީހެއް (އެކަމަކު އިތުރު އެކަލޭގެފާނާ އަޅާކިޔޭނެ މީހަކު މިދުނިޔެއަކު ނުވާނެ ) އެއީ ސޭހަކަށްވިޔަސް ބޮޑުވަރު އޭނައެއްނުބުނީ އަފްރާސީމްގެ މަރާބެހޭ ލިޔުންތައްމިހިރީއޭވެސް އެކަ
މަކު އެވެސް ދޮގެއްކަން މިހާރު ހާމަވެއްޖެއްނު