ޚަބަރު

ވިލިމާލެ ފަރުން ޕްލެޓް ފޯމުގެ ދަގަނޑުތައް އަދިވެސް ނުނަގާ

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މާލެއާއި ވިލިމާލެއާ ދެމެދު މިސަރުކާރުން އަޅަން އިއުލާނުކޮށްފައިވާ ބްރިޖްގެ ޕްލެޓްފޯމެއް މިދިޔަ މަހުގެ 16 ވަނަ ދުވަހު ފަރަށް އަރައިފައިވާއިރު ގެއްލުންވި ސަރަހައްދުން އަދިވެސް ޕްލެޓްފޯމުގެ ދަގަނޑުތައް ނުނަގާކަން ހާމަވެއްޖެއެވެ.

ވިލިމާލޭގެ ފަރު މަތީގައި ތާށިވި ޕްލެޓްފޯމުން ފަރުގެ ހަތަރު ތަނަކުން ވަނީ ބޮޑެތި ބާގަނޑުތަކެއް ހެދިފައެވެ. މި ބާގަނޑުގައި ޑައިވަރުގެ އިސްކޮޅު ހުރިކަން ފޮޓޯތަކުން ފެނެއެވެ. އެ ޕްލެޓްފޯމް ނަގައިފައިވާއިރު އަދިވެސް އެ ސަރަހައްދުން ޕްލެޓްފޯމުގެ ދަގަނޑުތައް ނުނަގާކަން ހާމަވީ ”ސޭވް ދަ ބީޗް“އިން އާއްމުކޮށްފައިވާ ވީޑިއޯއަކުންނެވެ.

ސޭވް ދަ ބީޗްއިން އެ ވީޑިއޯ އާންމުކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ 10 ދުވަސް ވަންދެން މެދުކެނޑުމެއް ނެތި އެ ފަރަށް ލިބުނު ގެއްލުމުގެ ސަބަބުން ފަރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށާއި, އަދި ފަރަށް އެހާ ބޮޑެތި ގެއްލުންތަކެއް ވެފައިވާތަން ފެނުމަކީ ނުހަނު އަސަރު ކުރުވާކަމެއްކަމަށެވެ. އަދި އެފަދަ ގެއްލުންތަކުގެ ސަބަބުން ހީވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުމެއް އެ ރަށަށްވެސް ކުރާނެކަމެއްކަމަށް ވެސް ބުނެފައިވެއެވެ.

”ބޮންތި“ ނޫހުން މިއަދު ބެލިބެލުމުންވެސް ދަނގަޑުތައް ނުނަގާކަން ވަނީ ހާމަވެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button