ޚަބަރުސިޔާސީ

ރީކޯގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް

ގިނަ ބަޔަކު ކުއްލިއަކަށް ހިފައި ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާގުޅިގެން އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ރައްދު ދެއްވައިފިއެވެ.

މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ މީހުން ހައްޔަރުކޮށް ޖަލަށްލައި އަނިޔާ ކުރުމާ ދެކޮޅަށް އުފެއްދި ޕާޓީއެއް ކަމަށެވެ. އަދި ޕާޓީއަށް 16 އަހަރު ފުރުނުއިރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ފިކުރަށް އެމްޑީޕީ ރުޖޫއަ ނުވުމަށް މޫސަ ވަނީ ރައީސް ނަޝީދަށް ގޮވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ނަޝީދު ގިނަ ދުވަހު ޖަލުގައި އުޅުއްވުމަކީ އެމަނިކުފާނު ”ބަދަލުވާންޖެހޭ“ ސަބަބެއް ނޫނެވެ.

އެމްޑީޕީއަށް 16 އަހަރު ފުރުމާ ގުޅިގެން ކްލަބް ހައުސް މެދުވެރިކޮށް ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރު ގިނަ ބަޔަކު ހިފައި ހައްޔަރު ކުރަން ޖެހިފައިވާ ކަމަށެވެ. ޖާނުން ފިދާވެގެން ރާއްޖޭގައި ހަމަލާއެއް ދިނުމަށް ރާވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތަށް އަންނަނީ ނަޝީދުއަށް އަމާޒުވަމުންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button