އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް ޖަމާއަތުގައި ނަމާދު ކުރަން ފެށުން: ޑރ.ޝަހީމް

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެގެން ދިއުމާއިއެކު އެންމެ ރަނގަޅު ގޮތަކީ، ވީހާވެސް އަވަހަށް ޖަމާއަތުގައި ނަމާދު ކުރަން ފެށުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު އޭނާ ކުރި ޓްވީޓެއްގައެވެ. ޝަހީމް މިގޮތަށް ޓުވީޓު ކުރެއްވީ އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމަށް މަޝްވަރާ ކުރަމުންދާ ދަނޑިވައްގައެވެ.
Maai Allah heyo rahumai fuluhun mivaguthu Male City ge haalathu rangalhuvamun dhiumaa eku, emme rangalhu gothaki lasnukoh jamaa'ai feshun kamugai dheken. Gina dhuvas vandhen miskiy bandhukoh jamaai medhukandaafa beyvvun rangalheh nuvaane. https://t.co/uEsDyWqSi5
— Mohamed Shaheem Ali Saeed (@Mohamedshaheem1) June 27, 2021
”މާތް ﷲ ހެޔޮ ރަޙުމަތްފުޅުން މިިވަގުތު މާލެ ސިޓީގެ ހާލަތު ރަނގަޅުވަމުންދިއުމާއެކު، އެންމެ ރަނގަޅުގޮތަކީ ލަސްނުކޮށް ޖަމާއަތް ފެށުންކަމުގައި ދެކެން. ގިނަ ދުވަސް ވަންދެން މިސްކިތް ބަންދުކޮށް ޖަމާއަތް މެދުކަނޑާފަ ބޭއްވުން ރަނގަޅެއް ނުވާނެ.“ ޑރ.ޝަހީމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވަނިކޮށް، މިދިޔަ ހުކުރު ދުވަހު ވަނީ، ބައެއް މިސްކިތްތަކުގައި ހުކުރު ނަމާދު ކޮށްފައެވެ.