ކިންގް ސަލްމާން މިސްކިތުގައި ހިފްޒު ކުލާސް ހިންގުމަށް ސަރުކާރުން ހުއްދަ ނުދިން!
ކިންގް ސަލްމާން މިސްކިތުގައި ހިފްޒު ކުލާސް ހިންގުމަށް އިސްލާމިކް މިނިސްޓްރީން އެކަމަށް ހުއްދަ ނުދިން ކަމަށް ވިދާޅުވެ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ޓުވީޓެއް ކުރައްވައިފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޝައިހް އިލްޔާސް ޖަމާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގުރުއާން ހިފްޒު ކްލާސްތަކުގެ ޑިމާންޑު ބޮޑުވެ ގިނަ ކުދިންނަށް ފުރުސަތު ދިނުމަށްޓަކައި، ސަލްމާން މިސްކިތުގެ ނަމާދުކުރާ ބައިގައި ހިފްޒު ގަޑިއެއް ގެންދިއުމުގެ ހުއްދައަށް އެދުމުން އިސްލާމިކް މިނިސްޓްރީން އެ ހުއްދަ ނުދިން ކަމަށެވެ.
ޝައިހް އިލްޔާސް ޖަމާލް މިފަދަ އިބާރާތަކުން ޓުވީޓް ކުރެއްވުމަށް ފަހުވަނީ އޭގެ 15މިނިޓް ފަހުން އެޓުވީޓް ޑިލީޓް ކޮށްފައެވެ.
މިފަހަކަށް އައިސް އިސްލާމް ދިނާ ހިލާފް އެތަކެއްކަމެއް މި މުޖުތަމައުގައި ހިންގިއިރުވެސް އެކަންކަމާ މެދު އިސްލާމިކް މިނިސްޓިރީން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
އެއީމިވެރިމީހަ ދީނަންއޮންނަލޯބި ބޮޑުވެފަ ދީނަންކަމޭހިތާތީތަ ނޫނީދިނަންއސްކަންދޭތީތަ
މިނިސްޓަރ މިގައުމުގައި ތިބީ އިޒްރޭލު މީހުންނެ ނޫން