ޚަބަރު

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ހުޒާމް ނިޔާވެއްޖެ

ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ދ.ހުޅުދެލީ މުހައްމަދު ހުޒާމް ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި ހުޒާމް ނިޔާވެފައިވަނީ ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު އިންޑިއާގައެވެ.

90 ގެ އަހަރުތަކުން ފެށިގެން ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި އެތައް ލަވައެއް ކިޔާފައިވާ ހުޒާމް އަކީ މޮޅު މިއުޒިޝަނެކެވެ. ލަވަކިޔުމުގެ އިތުރުން ހުޒާމް އަކީ މޮޅު ޕިއާނިސްޓެކެވެ.

އޭނާ ކިޔާފައިވާ މޮޅެތި ލަވަތަކުގެ ތެރޭގައި ބޭނުމޭ އިޝްގާ، ދޮންކަނބުލޮ ނިދާލާށޭ އަދި ތަދާ ވޭނުގާގެ އިތުރުންވެސް ގިނަ ލަވަތަކެއް ހިމެނެއެވެ.

ހުޒާމްގެ އުމުރުގެ ފަހުބައި ހޭދަ ކުރީ ލަވަކިޔުމާ ދުރުގައެވެ.

 

One Comment

  1. ހުޒާމް އޮސްޓްރޭލިޔާއިން އިންޖިނިއަރިންގ ކިޔަވައިގެން 2015 ގައިި ޕްރޮޖެކްޓެއްގައި ދިމާވި. މުޅިން އަލަށް ދިމާވި އެކުގައި މަސައްކަތް ކުރުމުން އެނގުނީ ހިތްހެޔޮ ވަރަށް މަސައްކަތާ ގަޔާވާ ހުނަރުވެރި އަދި ހިޔާލުތަފާތު ވިޔަސް ވަރަށް ޑިޕްލޮމެޓިން ވިސްނުން ހުންނަ ސަހްސިއްޔަތެއް. ހެޔޮ ރަހްމަތް ލައްވާށި. ސުވަރުގެ ދެއްވުން އެދި ދުއާ ކުރަން.

Leave a Reply

Your email address will not be published. Required fields are marked *

Back to top button