ޚަބަރު

ކުޑަހުވަދޫ އިހްތިޖާޖު: ފުލުހުންނާއި ރައްޔިތުންގެ ކުރިމަތިލުމަކަށް

ދާލު އެއަރޕޯޓު ހުއްޓުވައިލައި ރައްޔިތުން ނުކުމެ ކުރަމުންދާ އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެ, ރައްޔިތުންނާއި ފުލުހުންގެ ކުރިމަތިލުމަކަށް ބަދަލުވެއްޖެއެވެ.

ދާލު އެއަރޕޯތު ހުއްޓުވާލާފައިވަނީ ކުޑަހުވަދޫއިން ބަލި މީހަކު އުފުލުމަށް ދާލު އެއަރޕޮތުގައި އޮޕަރޭޓުކުރާ މަންތާ އެއަރލައިނުން ދެކޮޅުހެދުމާއި ގުޅިގެން ރޭ މެންދަމު 11:00 ހާއިރު ކުޑަހުވަދޫގެ ރައްޔިތުން ނުކުމެއެވެ.

ރޭގެ މެންދަމުން ފެށިގެން ދާލު އަރޕޯޓުގައި ކުރަމުންދިޔަ އިހްތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވީ މިއަދުގެ ވަގުތެއްގައި ފުލުހުންގެ އެސްއޯ ޓީމަކުން އެރަށަށް ހާޒިރުވެ, އިހްތިޖާޖު ރޫޅާލުމަށް މަސައްކަތްކުރަންފެށުމާއި ގުޅިގެންނެވެ.

އިހްތިޖާޖުގެ ބައިވެރިއަކު ”ބޮންތި“ އަށް މައުލޫމާތު ދިން ގޮތުގައި, ކުޑަހުވަދޫ ރައްޔިތުން ދާލު އެއަރޕޯޓު ހުއްޓުވާލައި, އިހްތިޖާޖުކުރުމަށް ނިންމީ, ބަލި މީހުން އުފުލައިނުދޭ މައްސަލަ ހައްލުކޮށްދިނުމަށް އެ އެއަރލައިންގައި ތަކުރާރުކޮށް އެދުމުންވެސް އެކަމަށް ހައްލެއް ހޯދައި ނުދިނުމުންނެވެ. އަދި މި މައްސަލަ ހައްލުކޮށްދީ, އެ އެއަލައިނުން ބަލިމީހުން އުފުލުމުހެ ހިދުމަތް އަލުން ދެންދެން އިހްތިޖާޖު ކުރިއަށް ގެންދާނެ ކަމަށް އެފަރާތުން ބުންޏެވެ.

މި އިހްތިޖާޖާއި ގުޅިގެން ކުޑަހުވަދޫގެ މަޝްރަހު ވަރަށް ބޮޑަށް ހޫންވެފައިވާއިރު, މަންތާ އެއަރލައިން އިން މިކަމާ ގުޅޭގޮތުން އަދި މިހާތަނަށް އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button