”ފިނެސް“ގެ އިތުރު އައުޓްލެޓެއް ހުޅުމާލޭގައި ރޭ ހުޅުވައިފިއެވެ.
މި އައުޓްލެޓް ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހީމް އެވެ.
ހުޅުމާލޭގައި ހުޅުވި އައުޓްލެޓްގަައި އަންހެނުންނާއި، ފިރިހެނުންނާއި އަދި ކުޑަކުދިންގެ ފަހުގެ ޓްރެންޑް ތަކުގެ ބޫޓާއި، ފައިވާނާއި، ތަފާތު ގަހަނާގެ ބާވަތްތަކުގެ އިތުރުން ޔޫރަޕްގެ މަޝްހޫރު ބްރޭންޑުތަކުގެ އޮރިޖިނަލް ސެންޓާއި، އަންހެނުންނާއި، ކުޑަކުދިންގެ ދަބަސް ލިބެން ހުރެއެވެ.
ފިނެސް ފިހާރައިން ކައިވެނި ޕާޓީތަކަށް ހާއްސަ ކަލެކްޝަންސްތަކެއް އަބަދުވެސް ގެންގުޅެއެވެ. އެގޮތުން ކައިވެނީގެ ދުވަހަށް ހާއްސަކުރެވިފައިވާ ތަފާތު ޑިޒައިންތަކުގެ ބޫޓާއި، ކްލަޗެސް އަދި ގަހަނާ ލިބެން ހުރެއެވެ.
ފިނެސްގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މީގެ 10 އަހަރު ކުރިން މާލޭގައެވެ.
hulhuvaafa bahahtaa