އައްޑޫ ސިޓީ ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ޕީޕީއެމުން ކާމިޔާބު ކޮށްފިއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓު އާމިނަތު ޝާހިދާ އާއި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު ނަޒީހާ އަހުމަދު ގޮނޑި ކަމިޔާބު ކުރެއްވީ ވަރަށް ބޮޑު ތަފާތަކުންނެވެ.
އައްޑޫ ސިޓީ ހިތަދޫ އ.ތ.މ.ކގެ ބައި އިލެކްޝަން ޕީޕީއެމްއިން ކާމިޔާބުކޮށްފި.
މަރުޙަބާ ނަޒީހާ އަޙްމަދު. pic.twitter.com/GDM0F5BJob— Progressive Party of Maldives (@ProgressPartyMV) July 23, 2022
މި ބައި-އިލެކްޝަނެއް ބާއްވަން ނިންމީ ކޮމިޓީގައި ހިމެނިވަޑައިގަތް އައިޝަތު ނަދާ އަމިއްލަ ގޮތުން މެއި މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.